ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓާއި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން އެވެއަރނަސް ކުރުމުުގެ ސެސަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މި ސެސަންތަަކަކީ ޖިނާއީ ބޮޑެތި މައްސަލަތައް ތަޙްޤީޤު ކުރުމުގައި އެއް އުޞޫލެއް ގެންގުޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި ސެޝަންތަކުގައި ޖިނާއީ ބޮޑެތި މައްސަލަތަކަކީ ކޮބައިކަމާއި އެމައްސަލަތައް ތަޙްޤީޤު ކުރުމުގައި ހުރި ދަތިތަކާއި ތަޙްޤީޤުތަކުގައި ހެދޭ ގޯސްތަކާއި އެކަންކަން ރަނގަޅުކޮށް ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ކުރެވެންހުރި ކަންކަމާއި ބޮޑެތި މައްސަލަތަކުގައި ފޮރެންސިކް ބޭނުންކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.
މީގެއިތުރުން މަރުވެފައިވާ މީހާ މަރުވި ވަގުތު ދެނެގަންނާނެ ގޮތްތަކާއި ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި މަރުުމަަށްފަހު ހޭދަވީ ކިހާވަގުތެއްކަން ދެނެގަންނާނެގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރަށް، ވައްކަމުގެ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާ އުސޫލުތަކާއި، ޖިނާއީ އެކިބާވަތުގެ ބޮޑެތި ކުށްތަކާބެހަޭ މުހިންމު މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެސަންތަކަކީ ސައުތު ޕޮލިސް ޑިވިޜަނުގެ ހުރިހައި އިސްވެސްޓިގޭޝަން އޮފިސަރުންނަށް ކުރިއަށް ގެންދާ ސެސަންތަކުގެ ތެރެއިން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ނަގައިދީފައިވާ ސެސަންތަކެކެވެ. މިސެސަންތައް ނަގައިދީފައިވަނީ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ތަޖުރިބާހުރި އައި. އޯ އިންނެވެ.