English Edition
Dhivehi Edition

ރާއްޖޭގައި މުދަލު ޒަކާތް ދައްކަންޖެހޭ ނިޞާބު އުފުލިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މުދަލު ޒަކާތުގެ ނިޞާބުގެ ޢަދަދަކީ 7241.15 ކަމަށެވެ. އަދި މި ޢަދަދަށް ބަދަލުވެފައިވަނީ މި މާރޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލުއައިސްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 20 އިން ފެށިގެންނެވެ. އޭރު އިސްލާމިކް މިނިސްޓްރީން އިއުލާނުކުރި އަދަދަކީ 6878.20 އެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. މުދަލު ޒަކާތް ނެރުމަކީ ނިސާބު ހަމަވާ ކޮންމެ މީހަކުވެސް ކުރުން ވާޖިބު ކަމެކެވެ. އެހެން ނަމަވެސް ރާއްޖޭގައި ޒަކާތް ނެރެނީ ނިސްބަތުން މަދު ބައެއްކަން ފާހަގަކޮށްލެވެއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ދީނީ ގޮތުން ވާޖިބެކެވެ.