English Edition
Dhivehi Edition
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލ. އަތޮޅަށް ކުރެއްވި ރަސްމި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ އެ ދެ އަތޮޅުގައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށާއި ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އައްޑޫގައި ޤާއިމްކޮށްފައިވާ ޕޮލިސް އެކެޑަމީ ހުޅުއްވައިދެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

ރައީސްގެ މި ދަތުރުފުޅު ފަށްޓަވާނީ މިމަހުގެ 25 ގައި ކަމަށް ވެސް އެނގިފައިވެއެވެ.

އެމަނިކުފާނު އެންމެ ފަހުން އައްޑޫއަށް ވަޑައިގެންފައިވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައެވެ.

ރައީސް ސާލިހު އެންމެ ފަހުން ވަޑައިގަތީ މިދިޔަ މަހުގެ ތެރޭގައި ޅ. އަތޮޅަށެވެ.

އަތޮޅުތަކަށް ރައީސް ފަށްޓަވާފައިވާ ދަތުރުފުޅުތައް މެދުކަނޑާލައްވާފައި އޮތީ އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށެވެ.

1 ކޮމެންޓް
ހުސޭން
މާޗް 20, 2022
މިރާއްޖޭގަ ތިބިއްޔާތިބި އެންމެ ބޯގޯސް ކަނޑުކޮސް މީހުން އުޅެނީ އައްޑަތޮޅުގަ. އެމީހުން ވަރަށް ފަސޭހައިން ހައްދާލެވޭނެ.