ފަޒާ އިންޓަރނޭޝަނަލް ޕެރާ ޗެމްޕިއަންޝިޕް ގައި ރާއްޖެއިން ބައިވެރިވާ ޓީމު ފުރައިފިއެވެ.
އެ ޓީމު ފުރީ މިއަދު ހެނދުނު 6 ޖެހިއިރުއެވެ.
މި ޗެމްޕިއަންޝިޕް ގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް ޕެރާ ތިން އެތްލީޓުންނާއި ގައިޑު ރަނަރސްގެ ގޮތުގައި ދެ މީހުން ބައިވެރިވެއެވެ.
13 ވަނަ ފަޒާ އިންޓަރނޭޝަނަލް ޕަރާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ މި މާރޗު މަހުގެ 18 އިން 25 އަށް ޑުބާއީގައެވެ.
މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މި މުބާރާތުގައި ބައިވެރިވަނީ ޗައިނާގެ ހެންގޒޫ ގައި ބާއްވާ އޭޝިއަން ޕެރަލިމްޕިކް ގޭމްސް އަށް ޕެރާ އެތްލީތުން ކްލެސިފައިކޮށް، ކޮލިފައިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.
ފަޒާ އިންޓަރނޭޝަނަލް ޕަރާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވާ ރާއްޖޭގެ ޑެލިގޭޝަންގެ ހުރިހައި ޚަރަދެއް ހަމަޖައްސާފައިވަނީ ޔޫތް މިނިސްޓްރީގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީންނެވެ.