English Edition
Dhivehi Edition
ފޮޓޯ: ވަން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ސާލިހުގެ ލީގަލް ކައުންސެލް ގެ މަގާމުގައި ހުންނެވި އަހްމަދު އަބްދުﷲ އަފީފް މަގާމުން ވަކިކުރައްވައިފިއެވެ.

އޭނާ މަގާމުން ވަކިކުރައްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރާއްޖޭގެ ބައެއް އޮންލައިންތަކަށް ވަކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާ މަގާމުން ވަކިކޮށް، މަގާމުން ވަކިކުރިކަމުގެ ލިޔުން މިއަދު އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޕަރފޯމަންސް ރިވިއުއެއް ހެދުމަށް ފަހު، އަފީފު މަގާމުން ވަކިކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބޭއިރު، ގަޑިއަށް ހާޟިރުވުމުގެ މައްސަލަތަކާއި ސަލާމުގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.