English Edition
Dhivehi Edition
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: މިހާރު

މިއަދު ހަވީރު ހަތަރަކުން ފަހަކަށް ހެންވޭރުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ހެންވޭރުގެ ރޯޝަނީ މަގާއި، ރޯޝަނީ ގޯޅި އަދި ކަސްތޫރި މަގާއި، ކާނި ގޯޅިއާއި، ސޯސަންމަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނީ ހަވީރު 4:00 އިން 5:00 އަށް އެއް ގަޑިއިރަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

https://twitter.com/STELCOMALDIVES/status/1504315814270636040

ޓެގު