English Edition
Dhivehi Edition

ރީތިރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވި ،ސ.މީދޫ ހަނދުވަރުމަތީގެ އަލީ ވަސީމު ގެ ހަށިގަނޑު މިރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ އަށް ގެނެވޭނެކަމަށް އާއިލާއިން ބުނެފިއެވެ.

އަލީ ގެ ހަށިގަނޑު ރާއްޖެ ގެނެއުމުގެ މަސައްކަތް އާއިލާ އާއި ސަމާ އައިލެންޑް އިން ކުރަމުން އަންނައިރު އަލީ މީދޫ އަށް ގެނެވޭނެ ކަމަށް އާއިލާއިން ލަފާކޮށްފައިވަނީ މިރޭ ދަންވަރު 3:00 ޖަހާއިރުއެވެ. އަލީގެ މޫނު ދެއްކުން 3:15 އިން ފެށިގެން ހަނދުވަރުމަތީގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަލީ ގެ ކަށުނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާދަމަ ހެނދުނު 7:50 ގައި ސ.މީދޫ ކުރީގެ ހުކުރު މިސްކިތުގައެވެ. އަލީގެ ކަށުނަމާދުގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވެ ވަޑައިގެން ދެއްވުމަށް އާއިލާއިންވަނީ އެދިފައެވެ.އަދި އަލީގެ ދަރެންޏެއް ނޫނީ ވަސިއްޔަތެއް އޮތްނަމަ އާއިލާގެ މެމްބަރުންނާއި ގުޅައިގެން އެކަން ކުރިއަށް ގެންދިއުމަށްވެސް އާއިލާއިންވަނީ އެދިފައެވެ.

އަލީ ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މި މަހުގެ 12 ވަނަ ދުވަހު އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައެވެ.

މާތް ﷲ އަލީގެ ފުރާނައަށް ރަހްމަތްލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، މި ހިތާމަވެރި ދަޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

2 ކޮމެންޓް
Heyoedhey meehaa
އޮކްޓޯބަރު 16, 2017
Aameen
Tom
އޮކްޓޯބަރު 14, 2017
Aameen