English Edition
Dhivehi Edition
ފައިލް ފޮޓޯ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކުރަމުންދިޔަ ވިޔަފާރި އެސްޓީއޯ ޓްރޭޑް ސެންޓަރަށް ބަދަލުކުރަން ނިންމައިފިއެވެ.

އެސްޓީއޯ އިން ބުނީ ހަވީރީ ހިނގުމުގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ވިޔަފާރި މިއަދު ހަވީރު 18:00 އިން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެ ކަމަށެވެ. އެތަނުން ދެމުން ދިޔަ ޚިދުމަތްތައް މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓުން ލިބޭނެ ކަމަށް ވެސް ބުނެއެވެ.

މިއަދުން ފެށިގެން މި މަހުގެ 16 އަށް ހޯމް އިމްޕްރޫވްމެންޓުގެ ވިޔަފާރި ބަންދުވިޔަސް އެސްޓީއޯގެ އޮންލައިން ފިހާރަ، “އީ-ސްޓޯރް” މެދުވެރިކޮށް ކަސްޓަމަރުންނަށް ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިކަމުގެ ސަބަބުން ކަސްްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރމާޓް މިވަގުތުހުރީ މަރާމާތަށް ބަންދުކޮށްފައެވެ. މަރާމާތަަށް ފަހު ބޮޑު ބަދަލަކާއެކު އެ ފިހާރަ މި މާރޗު މަސްތެރޭގައި ހުޅުވާލާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.