English Edition
Dhivehi Edition

މާލޭގައި ބިދޭސީއަކަށް ހަމަލާދީގެން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބިދޭސީ މީހާއަށް ހަމަލާދިންކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ ހަތެއް ޖަހާކަންހާއިރު ކަމަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޢުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ މާލޭ ކުރިކީލަ މަގާއި ޗާންދަނީ މަގު ގުޅުނު ހިސާބުގައި ކަމަށާއި މިހާދިސާގައި އަނިޔާ ލިބުނު ބިދޭސީ މީހާއަށް އަޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.