English Edition
Dhivehi Edition
އެމްއެންޑީއެފްގެ ސިފައިންތަކެއް ތަމްރީނެއްގައި ބައިވެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ސިފައިން، މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ މާފިލާފުށީގައި ސިފައިންގެ ޓްރެއިން ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސްފައިވާ ކަމަށާއި އެ ދެ ދަރިވަރުން މާލެ ގެނައީ ފަރުވާއަށް ކަމަށެވެ. އަދި އެ ދަރިވަރުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލުދެރަވެ، ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާއިރު މިދިޔަ ހަފްތާގައި މާފިލާފުށީގައި ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ މީހަކު ވަނީ ނިޔާވެފައެވެ.