English Edition
Dhivehi Edition

އިންސާނުންގެ ލޮލަށް ނުފެނުނަސް ޖިންނި ޝައިތާނުންނަކީ މި ދުނިޔޭގައި ﷲ ލައްވަވައިފައިވާ އެއްޗެކެވެ.
ލޮލަށް ނުފެންނަ މި ޖިންނި ޝައިތާނުންނާބެހޭ ގޮތުން ތަފާތުވާހަކަތައް ދެކެވުމަކީ އާންމު ކަމެކެވެ. އެވާހަކަ ތަކުގެ ތެރެއިން ވަކި ޖިންސެއްގެ ބަޔަކުދެކެ ރުޅިއަންނަ ހަންޑިއެއްގެ ވާހަކަ އަޑު އެހިންހެއްޔެވެ؟

މިފަހަރު މިއޮތީ އެޒާތުގެ ވާހަކައެކެވެ. އިންޑިއާގެ އަވަށެއްގެ ފިރިހެނުންދެކެ ރުޅިއަންނަ ހަންޑިއެއް ފެނުނުވާހަކައެވެ. ހަންޑި ރުޅިއައުމުން އެއަވަށުގެ ފިރިހެނުންވަނީ އަވަށް ދޫކޮށް ގޮސްފައެވެ. މި ހާދިސާ ހިނގައިފައި ވަނީ ޓެލަންގަނާ ސްޓޭޓުގައި އޮންނަ ނިރްމަލް ޑިސްޓްރިކްޓުގެ ކަސިގުޑާ ކިޔާ އަވަށެއްގައެވެ.

ފަސްދޮޅަސް މީހުންގެ އާބާދީއެއް އޮންނަ އެ އަވަށުގައި ހަންޑިއެއް އުޅޭކަމުގެ ވާހަކަ ފެތުރިގެން ދިޔައީ 3 މަސްތެރޭ 3 މީހަކު މަރުވުމުންނެވެ. މަރުވި މީހުންގެ ތެރޭގައި އެއްބަނޑުއެއްބަފާ ދެބެއިން ވެސް ހިމެނެވެ.

މި ‘ހަންޑި’ އެއްވެސް އަންހެނަކަށް “ހަމަލާ” ދީފައިނުވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މިހާރު އެ އަވަށުގައި އުޅެނީ ހުސް އަންހެނުންނެވެ.

އެ އަވަށުގައި ދިރިއުޅޭ އަންހެނަކާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުން އެ އަވަށުގައި މީހާރު ދިރިއުޅޭ މީހުން އިރުއޮއްސުމާއެކު ގެއަށް ވަދެއެވެ. އަދި އިރު އެރުމުގެ ކުރިން އަވަށުގެ އެކަކުވެސް ގެއިން ބޭރަށް ނުނިކުމެއެވެ.

އެ އަވަށް ދޫކޮށް ގޮސްފައިވާ މީހުން އެ އަވަށަށް އެނބުރި ދެން އަންނާނީ އަވަށުގައި އުޅޭ ހަންޑިއެއްގެ ފުށުން އަވަށް ސަލާމަތް ވީމައި ކަމަށް އެމީހުން ބުނެއެވެ.

ޓެގު

1 ކޮމެންޓް
Ainth
އޮކްޓޯބަރު 14, 2017
Varagadha handi ah nunee dhee