English Edition
Dhivehi Edition

އަހަރެއްގެ ތެރޭގައި 3 ކުދިން ލިބުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. ޑޮކްޓަރުން ލަަފާދެއްވާފައިވާ ގޮތަށް ބަލާނަމަ ފުރަތަމަ ދަރުފުޅު ވިހެއުމަށްފަހު ދެވަނަ ފަހަރަށް ބަލިވެއިންނަން އެންމެ ރަނގަޅީ ވިހެއުމަށްފަހު 2 އަހަރާ ބައިންނެވެ.

ވޮޝިންޓަންގެ އުމުރުން 32އަހަރުގެ ސްޓެފަނީ ހަންސެން ވަނީ އަހަރެއްގެ ތެރޭގައި 3 ކުދިން ވިހާފައެވެ. އެހެން ނަމަވެސް އެއީ ޓްރިޕްލެޓްސް އެއްނޫނެވެ.

ސްޓެފަނީ ބުނާގޮތުން އޭނާ އަލަތު ދަރުފުޅުވިހާފައިވަނީ 2020 ޖެނުއަރީ މަހު28 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާ ދޭތެރެ ދުރުކުރުމަށް ބޭސްބޭނުން ކުރުމަށް ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދި އިރު އަނެއްކާ ބަލިވެއިން ކަން އެނގުނެވެ. ސްޓެފަނީ ބުނާގޮތުން އޭރު އޭނާގެ ބަނޑަށްވަނީ 3ހަފްތާ ވެފައެވެ.

ސްޓެފަނީ ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު ދެވަނަފަހަރަށް ބަލިވެ އިންކަން އެނގުމުން އެކަމާ ދެރަވެ އުޅުނުކަމަށް އޭނާބުންޏެވެ. އަދި އޭނާ ބަލިވެ އިނީ “ޓްވިންސް” އަކަށް ކަން އެނގުމާ އެކު އޭނާ ކަންބޮޑުވީ އެހާ ކައިރި ކައިރީގައި 3 ކުދިން ބަލައި ބޮޑުކުރާނެ ގޮތަކާމެދުއެވެ. އަދި މާބަނޑުވެ ވިހަން ދެން ފުރަތަމަ ދަރިފުޅަށް އަޅާލައި އުޅެވޭނެ ކަމާ މެދު އޭނާ އަށް ޝައްކު އުފެދުނެވެ. އެހެން ނަމަވެސް ފަހުން އެކަމާ އުފާވެ،އޭނާ ބެލީ 3ކުދިންވެސް އެކީގައި ބޮޑުކުރަން އުނދަގޫ ނުވާނެކަމަށެވެ.

ސްޓެޕަނީގެ 3 ކުދިން

ސްޓެފަނީ ބުނީ އޭނާގެ ޓްވިންސް ދެ އަންހެން ކުދިން ވިހެއީ 2020ވަނަ އަހަރު ޑިސެމްބަރ 8ވަނަ ދުވަހުކަމަށެވެ. އަދި އެދެކުދިންގެ ބައްޕައާއި އޭރު ލޯބީގެ ގޮތުން ގުޅިގެން ނޫޅުނަސް އެކުދިން ބެލުމުގައި ބައްޕަގެ އަޅާލުން ލިބޭކަމަށް ސްޓެފަނީ ބުނެއެވެ.

އެއްއަހަރެއްގައި އުފަންވީ 3 އަންހެން ކުދިން އެއްފަހަރާ ބަލައި ބޮޑުކުރަމުން އަންނަ ސްޓެފަނީ އަށް ދިމާވި ކަހަލަ ޕްރެގްނެންސީ އަކީ ވަރަށް މަދު މީހަކަށް ދިމާވާފަދަ ކަމެއްކަމަށް ސިއްޙީ މާހިރުން ބުނެއެވެ. ކުއްޖަކު ވިހެއުމަށްފަހު އަނެއްކާ މާބަނޑު ވުމަށް އަންހެންމީހާ ތައްޔާރުވާން 45 ދުވަސް ނޫނީ 6 ހަފްތާވަރު ނާގާނެކަމަށް ޑޮކްޓަރުން ބުނެއެވެ.

ސްޓެފަނީ އޭނާގެ 3 ކުދިންނާ އެކު ހަޔާތް ހޭދަކުރާގޮތުގެ ވީޑިއޯތައް ޓިކްޓޮކް މެދުވެރިކޮށް މީހުންނާ ހިއްސާކުރެއެވެ.