ހދ. ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ ޓީޗަރަކު ދަރިވަރުން ކައިރީގައި ދީނާއި ހިލާފް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައު ހދ. އަތޮޅު މަދަރަސާގެ ބިދޭސީ ޓީޗަރަކު ދަރިވަރުން ކައިރީ “ކަލާންގެ ދައްކާށޭ” ބުނެ ވަނީ އިސްލާމް ދީނަށް މަލާމަތްކޮށްފައެވެ. އޭނާ ވަނީ “ކަލާނގެ ކޮބާހޭ، ކަލާނގެ ދައްކާށޭ، ކަލާނގެ އަށް ގުޅާށޭ” ކިޔާފައި ދަރިވަރުންނާއި ވާހަކަ ދައްކާ ސުވާލުކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު އެ ސްކޫލުގެ މެނޭޖްމެންޓުގެ ފަރާތުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލަ މިހާރު އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށްޓަކައި ފާޅުގައި މީހުން ހަރަކާތްތެރިވަމުން އަންނައިރު މިފަދަ މައްސަލައެއް ދަރިވަރުންނާއި ކުރިމަތިވުމަކީ ބެލެނެވެރިން ކަންބޮޑުވާ މައްސަލައެއް ކަމުގައި ސްކޫލުގެ ބެލެނެވެރިންވަނީ ހާމަކޮށްފައެވެ. އަދި  މި މައްސަލަ ރަގަޅަށް ބަލައި ބިދޭސީ ޓީޗަރާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބެލެނެވެރިންވަނީ ގޮވާލާފައެވެ.

VN:F [1.9.22_1171]
Rating: 0.0/10 (0 votes cast)
VN:F [1.9.22_1171]
Rating: 0 (from 0 votes)

Comment