އިންސްޓިޓިއުޓް ފޯރ ކައުންސެލިން އެންޑް ސައިކޯތެރަޕީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޑޫގައި ޖުލައި 8 ވަނަ ދުވަހު އައިސީޕީ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ ހިތަދޫގައި ހުންނަ އައިއެމްޑީސީ ހޮސްޕިޓަލްގަ އެވެ.
އައްޑޫގައި ކުރިއަށް ގެންދާ އައިސިޕީ ޕްރޮގްރާމްގެ ދަށުން ކޮންސަލްޓޭޝަނާއި ކައުންސެލިން ސެޝަންތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.


އެގޮތުން ސައިކޮލޮޖީ އެސެސްމަންޓްގެ ތެރެއިން އޯޓިޒަމްގެ އަލާމާތެއް ހުރިތޯ ސްކްރީންކޮށް ދިނުން، ޑެޕްރެޝަން އާއި އެންޒައިޓީ ހުރިތޯ ސްކްރީންކޮށް ދިނުން، އައިކިއު ޓެސްޓް ކުރުން އަދި އުނގެނުމުގެ ދަތިކަން ހުރިތޯ ޓެސްޓްކޮށް ދޭނެ ކަމަށް އައިސީޕީން ބުންޏެވެ.
މީގެ އިތުރުން އާއިލީ މައްސަލަތައް ޕޭރެންޓިން، ސްޓްރެސް މެނޭޖްމަންޓްގެ އިތުރުން އެންގަ މެނޭޖްމަންޓް ފަދަ ދާއިރާތަކުން ވެސް އެހީތެރިކަން ފޯރުކޮށް ދޭން ވަނީ ނިންމާފަ އެވެ.
އައިއެމްޑީސީން ބުނީ ދެ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އެހީތެރިކަން ހޯދަން ބޭނުންވާ ފަރާތްތަކަށް މިހާރު އެޕޮއިންޓްމަންޓް ހަދައި ދެމުން އަންނަ ކަމަށެވެ.
އެޕޮއިންޓްމަންޓް ހަދަން ގުޅަން ޖެހެނީ 7978802 އާ އެވެ.

VN:F [1.9.22_1171]
Rating: 10.0/10 (1 vote cast)
VN:F [1.9.22_1171]
Rating: +1 (from 1 vote)
އައިސީޕީ ޕްރޮގްރާމު މާދަމާ އައިއެމްޑީސީގައި, 10.0 out of 10 based on 1 rating

Comment