English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު އެއް ކުލަބު ސްޕެއިންގެ ރިއަލްމެޑްރިޑްއިން އިޖްޕްޓްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިވަޕޫލްގެ މުޙައްމަދު ސަލާހް ހޯދަން އުޅޭ ކަމަށް އިޖްޕްޓް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ހަނީ އަބޯ ރިދާ ބުނެފިއެވެ.

އަބޯ ބުނީ ރިއަލްއިން ސަލާހް އަށް މި ޓްރާންސްފާގައި ބިޑް ކުރާނެ ކަމަށާއި ދުނިޔޭގެ އެއްވަނަ ކުލަބްއިން އެ ގައުމުގެ ކުޅުންތެރިޔަކު ކުޅުންތެރިޔަކު ކުޅުމަކީ ފަޚްރެއްކަމަށެއެވެ.

އަބޯ ބުނީ މިވަގުތު ސަލާހް އާއި ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި ގައުމީ ޓީމަށް އަދި ސަލާޙްގެ ކެރިއަރު ވެސް ރަނގަޅު ވަނީ ރިއަލްމެޑްރިޑް ކަހަލަ ކުލަބް އެއްގައި ފެންވަރު ދައްކައިގެން ކަމަށެވެ.

ސަލާޙް ވަނީ ބީބީސީ ސްޕޯޓްސް އިން ހޮވި އެފްރިކާގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމާއި އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމު މިދިޔަ ސީޒަންގައި ހޯދާފައެވެ.

25 އަހަރުގެ ސަލާޙް ވަނީ އިޓަލީގެ ރޯމާގައި މޮޅު ކުޅުމެއް ދައްކައި ލިވަޕޫލަށް ބަދަލު ވުމަށް ފަހު ލިވަފޫލް ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދީ ޕްރިމިއަ ލީގުގައި ކުޅުނު 21 މެޗުގައި 17 ލަނޑު ޖަހާފައެވެ.