English Edition
Dhivehi Edition

ރަޝިއާ އިން އިސްވެ އޮވެ ޔުކްރެއިންއަށް އަރައިގަނެ އެގައުމަށް ދެމުންގެނާ ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުން ދަނީ ރަޝިއާގެ މި އަމަލު ކުއްވެރިކޮށް އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން އެހެން ގައުމުތަކުގައި އޮންނަ ރަޝިއާއާއި ގުޅުން ހުރި އެކި ފަރާތްތަކުގެ އެކި ފަންތީގެ ވިފަޔާރިތައް ހުއްޓުވުމާއި ދުނިޔޭގެ އެކިއެކި ކުޅިވަރު ހަރަކާތްތަކުން ރަޝިއާއަށް ނިސްބަތްވާ ފަރާތްތައް އެކަހެރި ކުރުމުގެ ހަރަކާތަކެއް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕް ފުޓްބޯޅައިގެ މައި އިދާރާ ޔޫއެފާ ވެސް މިކަމުގެތެރެއަށް ވަދެފައިވާއިރު، އެ އިދާރާތަކުން ވަނީ ރަޝިއާއާއި މެދު ހަށުކަށި ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

އޭގެތެރޭގައި ދުނިޔޭގެ ބައިނަލްއަޤުވާމީ ފުޓްބޯޅައިގެ ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑް ކޮށްފައިވާއިރު، ޔޫއެފާއިން ވެސް ވަނީ އެ އިދާރާގެ ބެލުމުގެ ދަށުން ހިނގާ ހުރިހާ ފުޓްބޯޅަ ހަރަކާތްތަކުން ރަޝިއާ ސަސްޕެންޑް ކޮށްފައެވެ.

މީގެ އިތުރުން ދާދިފަހުން ދުނިޔޭގެ މީޑިއާ ތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ޚަބަރަކަށް ވެފައިވަނީ ރަޝިއާގެ މަހުޖަނު އަދި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ފިވަޅުތަކެއްް އެޅި ވާހަކައިގެ ޚަބަރެވެ.

ރަޝިއާގެ ރަސީން ޕޫޓިން އާއި ވެސް ގާތް ގުޅުމެއް އޮންނަ ކަމަށް ބުނާ އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އިއްޔެ ފިވަޔަވަޅުތަކެއް އަޅާފައިވާއިރު، އޭނާ ޗެލްސީ ވިއްކާލަން ކުރާ މަސައްކަތް ހުޓުވުމުގެ އިތުރުން އޭނާގެ އެކައުންޓް ތައްވެސް ވަނީ ފްރީޒް ކޮށްފައެވެ

އަބްރަމޮވިޗަށް އިނގިރޭސި ވިލާތުން އެޅި މި ފިޔަވަޅުތަކަކީ ޗެލްސީ ބޭނުންކޮށްގެން އޭނާ އަށް މާލީ މަންފާއެއް ލިބުމުގެ ދޮރު މި ވަގުތަށް ބަންދުކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެއެވެ

އަދި މީގެ އިތުރުން ޗެލްސީގެ މެޗުތަކަށް ސަޕޯޓަރުން ވައްދަން ޓިކެޓް ވެސް ނުވިއްކޭ ގޮތަށް ވެސް ވަނީ ފިޔަޅުއަޅާފައެވެ. މި މައްސަލަ އާއި ގުޅިގެން ޗެލްސީ ސަޕޯޓަރުން ދަނީ އިނގިރޭސި ސަރުކާރުގެ މި ނިންމުންތަކަށް ނުރުހުން ފާޅުކޮށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ލީގުގައި ރޭ ނޯވިޗް ސިޓީއާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށް ކުޅިބަލަން ވަތް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މިކަމާއި ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ. އަދި ގިނަ އަދަދެއްގެ ސަޕޯޓަރުން ބުނަމުން ގެންދިޔައީ ޗެލްސީއަށް ސަޕޯޓު ކުރުން ހުއްޓާލާނެ ކަމަށެވެ.