English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތ. އަތޮޅު ހިރިލަންދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރަކީ އެ ބޭންކުން މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.

މި އޭޓީއެމް ސެންޓަރުގެ ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ސެލްފް ސަރވިސް ޚިދުމަތް ފުޅާކޮށް ހިރިލަންދޫގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މިއޭޓީއެމްގެ ސަބަބުން ބޭންކިންގ ޚިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.

މިއަދު ހިރިލަންދޫގައި ހުޅުވުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ތ. އަތޮޅު ގުރައިދޫ އަދި ވޭމަންޑޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ބްރާންޗްތައް މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ތިމަރަފުށީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.