English Edition
Dhivehi Edition
ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ވާދޫ ހޯދައިފިއެވެ.

އެޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022 ގެ ގދ. އަތޮޅުގެ ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. އެހެންވެ، އަތޮޅު ޗެމްޕިއަންކަން ކަނޑައެޅީ ލީގު ބުރެއް ކުޅެގެންނެވެ.

ލީގު ބުރުގައި ވާދޫން ކުޅުނު ހަތަރު މެޗުން ވެސް އެޓީމު މޮޅުވެފައިވާ އިރު، ރޭ ކުޅުނު މެޗުގައި އެޓީމުން ތިނަދޫ ބަލިކުރީ 0-3 ލަނޑުންނެވެ.

ރޭގެ މެޗުގައި ވާދޫގެ ނަޝާހު އަހުމަދު (ނައްޓު) ދެ ގޯލު ޖެހި އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ދެން ގޯލު ޖެހި މުސައްނިފު މުހައްމަދަށެވެ. މިހާތަނަށް ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ވެސް އަނިޔާގެ ސަބަބުން އެންމެ އެކަށޭނެ ކުޅުމެއް ދެއްކިފައި ނުވާ އަހުމަދު އަޔާޒް (އަޔާ) ރޭގެ މެޗުގައިވެސް ފެނުނީ އެންމެ ފިޓް ކޮށެއް ނޫނެވެ.

ރޭ ގދ. އަތޮޅުގެ އިތުރު މެޗެއް ވެސް ކުޅެފައިވާ އިރު، އެ މެޗުގައި ގައްދޫ ވަނީ 1-0 އިން މަޑަވެލި ބަލިކޮށްފައެވެ. ގައްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިފްޝާނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ.

ގދ. އަތޮޅުގެ މެޗުތައް އެއްކޮށް ނުނިމޭތީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އަދި ހޮވާފައެއް ނުވެއެވެ.

ޓެގު