English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ 7 ދުވަހު ސަރުކާރުގެ ރަސްމީ ގަޑި ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

މިކަން ހާމަކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 4/2022 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމާއެކު ސަރުކާރުގެ މަސައްކަތްތައް އެ ވަގުތުތަކަށް ފައްތައިގެން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި އަންގަވާފައިވެއެވެ.