English Edition
Dhivehi Edition

ސަލްމާން ޙާން އާއި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ ފިލްމު ‘ޓައިގާ3’ ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ސަލްމާން ވަނީ ފިލްމުގެ ޓްރައިލާ އާންމުކޮށް، ފިލްމު އަޅުވާނެ ތާރީހު އިއުލާންކޮށްފައެވެ. މި ގޮތުން މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 21 އެޕްރީލް 2023 ގައެވެ. ސަލްމާންކުރި ޓުވިޓެއްގައި ވަނީ މި ފިލްމަށް އެންމެންވެސް އިންތިޒާރުކުރުމަށް އެދިފައެވެ. އަދި 2023 ވަނަ އަހަރު އީދު ދުވަހު މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މި ފްލުމުގެ ޓްރެއިލާ އާންމުކުރުމާއެކު ގިނަ ބަޔަކު ވަނީ މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންދާކަމަށް ބުނެފައެވެ. އަދި މިއީ ”އެކްތާ ޓާއިގަރ” އަދި ”ޓައިގަރ ޒިންދާ ހޭ” އަށްވުރެ މާ މޮޅު ފިލްމަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށް ޔަޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ ޓައިގާ3 ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން އިމްރާން ހަޝްމީވެސް ފެނިގެންދާނެއެވެ.

 

ޓެގު