English Edition
Dhivehi Edition
ބިދޭސި މީހާ ވެއްޓުނު އިމާރާތް: ފޮޓޯ އޭއޯނިއުސް

ސ.މީދޫ ގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ. މީދޫ ގައި ހަދަމުން އަންނަ “ޒަހަރާން” ނަމަކަށް ކިޔާ އިމާރާތުގެ މަތިން ވެއްޓި އަނިޔާ ވެފައިވަނީ ބިދޭސީއަކަށެވެ.

ހުޅުމީދޫ ސިއްޙީ މަރުކަޒުގެ އިސްވެރިޔަކު “އޭއޯނިއުސް ” އަށް މައުލޫމާތު ދެމުން ވަނީ ހެނދުނު އެގާރަ ޖަހާކަށް ހައިރު އިމާރަތަކުން ވެއްޓިގެން މީހަކުގެނައިކަން ކަށަވަރުކޮށްދީފައެވެ. އަދި އެއީ ބަންގްލަދޭޝް ގެ ރައްޔިތެއް ކަމަށްވާ އުމުރުން 27 އަހަރުގެ ޝާހިން މިއާ ނަމަކަށް ކިޔާ މީހަކު ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

އޭނާއަށް ހުޅުމީދޫ ސިއްޙީ މަރުކަޒުން މިވަގުތު ދެވެން ހުރި ފަރުވާ ދީފައި އިތުރުފަރުވާއަށް ހިތަދޫރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމަށް ތައްޔާރުވަމުން ދާ ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

މިހާދިސާގައި އޭނާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް ސިއްހީ މަރުކަޒުން ހާމައެއް ނުކުރެއެވެ.

. އޭއޯ އަށް މައުލޫމާތު ލިބިފައި ވާގޮތުގައި އިމާރާތުގެ މަތިން ވެއްޓި އަނިޔާވި މީހާ އަކީ “ޓެކްހޯމްސް” ނަމަކަށްކިޔާ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެކެވެ.