English Edition
Dhivehi Edition

އައްޑޫ ސިޓީ ލިންކް ރޯޑުގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ހިރާ ސްކޫލް ހުންނަ ސަރަހައްދުންނެވެ. މި ހާދިސާގައި އަނިޔާވި ފަސް މީހުންނަށް އައްޑޫ ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. އަދި އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އައްޑޫ ހޮސްޕިޓަލާއި ހަވާލާދީ އައްޑޫ އޮންލައިން ގައި ބުނެފައިވަނީ މި ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު ފިރިހެނަކަށާއި އަންހެނަކަށް ކަމަށާއި އޭގެތެރެއިން އެކެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ބަންދުކޮށްފައިވާ އިރު، ކާރު މިހާރު ވަނީ އެ ސަރަހައްދުން ނަގާފައެވެ.