English Edition
Dhivehi Edition
ފޮޓޯ: ޚަބަރު އޮންަލައިން

ކުރީގެ ޗީފް އޮފް ސްޓާފް، މ. ޖަވާހިރުވާދީ އަލީ ރަޝީދު ހުސައިން އިބްރާހީމް އަވަހާރަވެއްޖެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ގެ ވެރިކަމުގައި ޗީފް އޮފް ސްޓާފް ގެ މަގާމު އަދާކުރެއްވި ޢަލީ ރަޝީދަކީ ޑރ. ވަހީދުގެ އަނބިކަނބަލުން އިލްހާމް ޙުސައިންގެ ކޮއްކޯފުޅެވެ. އަދި އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) ގެ ބޭބޭފުޅެވެ.

އުމުރުފުޅުން 59 އަހަރު ގައި އަލީ ރަޝީދު ނިޔާވިއިރު ދެ ބޭކަލުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބަ އިންނެވިއެވެ.

ޢަލީ ރަޝީދު ވަނީ އެލިއާ ގްރޫޕުގެ ޔަމަހާ ސޭލްސް މެނޭޖަރުކަމާއި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޢަލީ ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.