English Edition
Dhivehi Edition
ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފ. އަތޮޅު ސްކޫލުގައި ފޮތް ކިޔުމަށް ޚާއްސަ ތަނެއް ގާއިމުކޮށްފިއެވެ.

އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުން “ފަހި މާހައުުލު’ގެ ނަމުގައި އެ ޕްރޮޖެކްޓް ހިންގާފައިވަނީ އެ މަދުރަސާގެ މުދައްރިސެއްކަމަށްވާ ފަތުޙުﷲ ޝާޠިރެވެ.

ކުޑަކުދިންގެ ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގެ އަމާޒު ގައި ގާއިމު ކުރި މި ޕާކުގައި ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ވަނީ ހިމަނާފައެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ފަތުހުﷲ ވިދާޅުވީ މިގާއިމް ކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

އެގޮތުން އަހަރުގެ ކޮންމެ ކުއާޓަރއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ.