English Edition
Dhivehi Edition

މަސް ދޯންޏެއް ގދ. ރަތަފަންދޫ ފާލަމަށް އަރައި ފާލަމަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އައްޑޫ ހުޅުދޫ އަށް ނިސްބަތްވާ “ޖޫލީ” ކިޔާ މަސް ދޯންޏެއް ތެޔޮ އަޅަން ޖެޓީއަށް ބަނދަރުކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ހިނގާފައިވާ މިހާދިސާގައި ރަތަފަންދޫ ޖެޓީއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މި ހާދިސާއާއި ގުޅިގެން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. ރަތަފަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަމާނީ މުއީން ވިދާޅުވީ މި ހާދިސާ ހިގާފައިވަނީ މިއަދު އިރުއޮއްސި 18:20 އެހާކަށް އިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. އަދި މިވަގުތު ކަން ހިނގައިދިޔަ ގޮތް ބެއްލެވުމަށް ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އަމާނީ މައުލޫމާތު ދެއެވެ.