English Edition
Dhivehi Edition

އެކްތާ ކަޕޫރްގެ އެލްޓާ ބަލާޖީން ގެނެސްދިން “ބްރޯކެން ބަޓް ބިއުޓިފުލް” ގައި ފެނިގެން ދިޔަ އެކްޓަރު ވިކްރަންތު އާއި ޝީތަލް ޓާކޫރް ކައިވެނިކޮށްފިއެވެ.

ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުން މި ދެތަރިން ކައިވެނިކޮށްފައިވަނީ، މި މަހުގެ 19 ވަނަ ދުވަހުއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މި ކައިވެނީގެ ހަފްލާގައި ބައިވެރިވެފައިވަނީ ހަމައެކަނި ދެ ފަރާތުގެ އާއިލާ މީހުންނާއި ވަރަށް ގާތް ރަހްމަތްތެރިންނެވެ.

ކައިވެންޏަށް ފަހު ވިކްރަންތް އާއި ޝީތަލް އެކުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އެމީހުން ބުނެފައިވަނީ އެމީހުންގެ ދަތުރުގައި ބައިވެރިވެ ދިން ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ،

މި ދެތަރިންގެ ކައިވެނީގެ ފޮޓޯތަކާއި އެކި ރަސްމިއްޔާތުތަކުގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ދެ ފަންނާނުންނަށް މަރުހަބާ ކިޔަމުންނެވެ.

ނެޓްފްލިކްސްގެ “ހަސީން ދިލްރުބާ” އިން ވެސް ފެނިގެން ދިޔަ ވިކްރަންތު އަންނަނީ ބޮލީވުޑްގެ ފިލްމުތަކުގަވެސް ގިނަ މަސައްކަތްތަކެއް ކުރަމުންވެ،