English Edition
Dhivehi Edition

މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ރާއްޖޭގެ މުވާސަލާތީ މައި ކުންފުނި ދިރާގު ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއެރުވުމާއި އެ ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް އެހީތެރިކަން ފޮރުކޮށްދޭނެއެވެ. އަދި ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް ވެސް މަސައްކަތް ކުރާނެއެވެ.

މިކަމާއިގުޅިގެން ދިރާގުގެ ސީނިއަރ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިންގ މުހައްމަދު މިރުޝާން ހަސަން ވަނީ ބާސްކެޓް ބޯޅަ އަކީ ޒުވާނުންގެ މެދުގައި މިހާރު ވަރަށްމަގުބޫލު ކުޅިވަރެއްކަން ފާހަގަ ކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޒުވާން ބާސްކެޓް ކުޅުންތެރިންނާއި ޓްރެއިނަރުންނާއި ރެފްރީންގެ ކުރިއެރުމަށް އެމްބީއޭ އާ ގުޅިގެން މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

” ދިރާގަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ރާއްޖޭގައި ބާސްކެޓު ކުރިއަރުވައި އެ ކުޅިވަރު ތަރައްގީކުރުމަށް ދިރާގުން އަބަދު ވެސް އެއްބާރުލުން ދޭ.” އެމްބީއޭގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ.

ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ހުނަރާއި ގާބިލުކަން ކުރިއަރުވައި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުންނެވެ.

ޓެގު