English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

ވިޔަފާރީގެ އެކި ބޭނުންތަކަށް، ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ވިޔަފާރީގެ އެކި ބޭނުންތަކަށް، ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖެ ތިބެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަމަށެވެ،

މިއީ ވިސާއާ ގުޅޭގޮތުން ދެ ގައުމުން ކުރީން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެއްކަން ފާހަގަކޮށް މި ބަޔާނުގައި ބުނެފައިވަނީ މިއީ 17 ޑިސެމްބަރު 2018 ގައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އެ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން ފަށާފައިވަނީ މި ފެށުނު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ އެކި ކަންކަމުގައި ރާއްޖެ އަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ރާއްޖޭގައި ތިބެވޭނެއެވެ. އަދި އެ މުއްދަތު އިތުރުކުރަން ހުށަހެޅުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެެ.