English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓު ހަދާ ކުންފުނިކަމަށްވާ “އޫކްލާއިން” ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާރކްގެ ގޮތުގައި ދޭ އެވޯޑު، ދިރާގަށް ދީފިއެވެ.

އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓުން ދައްކާގޮތުގައި ދިރާގުން ވަނީ އެންމެ ހަލުވި އަޕްލޯޑް އަދި ޑައުންލޯޑް ސްޕީޑް ކާމިޔާބުކޮށް ރައްޖޭގެ މޮބައިލް މާރކެޓް ލީޑަރުގެ މަގާމު ހޯދާފައެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް އަދި މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން ދިރާގުންވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތައް އަދި ސިނާއީ މަސައްކަތްކުރާ ހުރިހާ ހިސާބުތަކަކަށް ސައްތަ އިންސައްތައަށް 3ޖީ އަދި 4ޖީ މޮބައިލް ކަވަރޭޖް ފޯރުކޮށްދީފައެވެ.

މި އެވޯޑްއަކީ ދިރާގުން ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށް ‘ޑިޖިޓަލް ރާއްޖެ“ އަކަށް ތައްޔާރުވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ ހެއްކެކެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވިގޮތުގައި ސްޕީޑް ޓެސްޓު އެވޯޑްގެ ބައިވެރިންނަކީ ނެޓްވާރކް އޮޕަރޭޓަރުންގެ ތެރެއިނެ ހޮވާލެވޭ އެލީޓް ޑެލިގޭޝަންސް ތަކެއްކަމުގަޔާއި އަދި މި އެވޯޑް ލިބޭ ފަރާތްތަކަކީ އެ މާކެޓެއް ލީޑްކޮށް ނަގާކިޔޭވަރުގެ އިންޓަނެޓް ޚިދުމަތެއް ފޯރުކޮށްދެމުންދާފަރާތްތަކެކެވެ. އެގޮތުން ދިރާގުންވަނީ 2021 ވަނަ އަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓަރގައި ވަރުގަދަ ޕަރފޯމަންސްއެއް ދައްކުވައިދީ އަދި ކަސްޓަމަރުން ހަދާފައިވާ ސްޕީޑް ޓެސްޓުތަކުގެ ނަތީޖާއިންވެސް ލީޑްނަގާފައެވެ.

އޫކްލާ ފަދަ ބައިނަލް އަޤްވާމީ މިނިވަން މުވައްސަސާ އަކުން މި ޝަރަފުވެރި އެވޯޑް ލިބުމަކީ ދިރާގަށް ލިބުނު ވަރަށްބޮޑު ޝަރަފެއްކަމަށާއި އަދި ދިރާގު ގެ ކަސްޓަމަރުންނަށް ލިބުނު އިތުރު ހިތްހަމަޖެހުމެއްކަމަށާއި، މިއީ ދިރާގުގެ ހީވާގި މުވައްޒިފުން ޚިދުމަތްތަށް އެއްމެމަތީފެންވަރުގައި ބެހެއްޓުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާކަން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާޢިލް ރަޝީދު ފާހަގަކޮށް ޝުކުރުދެންނެވިއެވެ. އަދި ކަސްޓަމަރުން ދިރާގަށް ކުރައްވާ އިތުބާރާ ދިރާގުގެ ޚިދުމަތްތަކަށް ދެއްވާ ތަރުޙީބަށް ޝުކުރުދެންނެވިއެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

 

ޓެގު