English Edition
Dhivehi Edition

ގިނަ އަދަދެއްގެ ބަނގުރަލާއެކު މާލެ އިން ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ.

މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން، ހައްޔަރުކޮށްފައިވާ އެކަކީ ސިފައިންގެ މީހެކެވެ،

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުންގެ އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ ފުޅިތަކުގެ އަދަދެއްވެސް ހާމަކޮށްފައެއް ނުވެއެވެ.