English Edition
Dhivehi Edition

ކަސްޓަމްސް ގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ނައްތާލައިފިއެވެ. އެ އިދާރާ އިން ބުނީ ނައްތާލާފައިވަނީ 1059.85 ލީޓަރުގެ ބަނގުރަލާއި 8481.93 ލީޓަރުގެ ބިޔަރު ކަމަށެވެ.

މި ތަކެތި ނައްތާލާފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.