English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ތާވަލްގެ ހަތަރުވަނައަށް މެންޗެސްޓާ ޔުަނއިޓެޑުން ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ވެސްޓްހޭމާއި ދެކޮލަށް ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

ރޭގެ މި މޮޅާއި އެކު ޔުނައިޓެޑުން ގަދަ ހަތަރަކަށް ޖެހިލިއިރު، ޔުނައިޓެޑް ގަދަ ހަތަރެއްގައި އޮތީ މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 38 ޕޮއިންޓާއި އެކުގައެވެ. ރޭގެ މެޗައް ނުކުތްއިރު، ހަތަރުވަނާގައި އޮތް ވެސްޓްހޭމް ވަނީ ރޭ ޔުނައިޓެޑް އަތުން ބަލިވުމުން ތާވަލްގެ ފަސްވަނައަށް ވެއްޓިފައެވެ. ވެސްޓްހޭމް ތާވަލްގެ ފަސްވަނާގައި އޮތީ ޔުނައިޓެޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވާ 37 ޕޮއިންޓާއި އެކުގައެވެ.

ރޭގެ މެޗު ފެނުނީ ވަރަށް ފޯރިގަދަ ކޮށެވެ. ދެޓީމުންވެސް މެޗުގެ ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެއެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސްޓްހޭމްގެ ގޯލަށް ފްރެޑު ފޮނުވާލި ބާރު ހަމަލާ ފާހަގަކޮށްލެވެއެވެ. މި ހަމަލާ ވެސްޓްހޭމްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ހަމަ އެގޮތަށް ވެސްޓްހޭމުންވެސް ޔުނައިޓެޑުގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައިވެއެވެ. ނަމަވެސް ބޮވެން ފޮނުވާލި މި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ކުޑަ ތަންކޮޅެއް ބޭރުންނެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަހު މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑުން ޖެހީ އެޑިސަން ކަވާނީގެ އެހީތެރިކަމާއި އެކު މާކަސް ރަޝްފޯޑެވެ.