English Edition
Dhivehi Edition

ރައީސް އޮފީހުގެ ވެރިން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 19ވަނަ ދުވަހު ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާން ތިބި އެމްއެންޑީއެފް ބޭފުޅުންގެ ކައިރިއަށް މީހަކު ގޮސް އެތާ ތިބި ވެރިން ބޭރަށް ނުނިކުތުމަށާއި ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު އަދި ފުލުހުން އާއްމުކޮށްފައި ނުވާއިރު، މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ސިޔާސީ ވެރިންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވާ ބޭފުޅުންނަށް މިފަދަ އިންޒާރުތައް ދިނުން އާއްމުވެފައިވާއިރު، މިފަދަ ފަރާތްތަކާއި މެދު އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅިފައި ނުވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.