English Edition
Dhivehi Edition

ގޭންގް ރޭޕްގެ ކުށުގައި ރޮބީނިއޯ އާއި އޭނާގެ ރަހުމަތްތެރިޔާ ރިކާޑޯ ފަލްކޯ ނުވަ އަހަރަށް ޖަލަށް ލުމަށް އިޓަލީގެ ރޯމް ކޯޓް އޮފް ކެސެޝަން އިން މިއަދު ހުކުމްކޮށްފި ކަމަށް ބްރެޒިލްގެ ޕޯޓަލް ގްލޯބޯސްޕޯޓް އިން ބުނެފިއެވެ.

އުމުރުން 37 އަހަރުގެ ރޮބީނިއޯގެ 9 އަހަރަށް ޖަލައްލުމަށް އިޓަލީގެ ރޯމް އޮފް ކެސެޝަން އިން ހުކުމް ކުރިއިރު، އޭނާގެ ދިފާއީ ޓީމުން މި މައްސަލާގެ ފުރަތަމަ ނިންމުން އިސްތިއުނާފަށް ހުށައެޅި ނަމަވެސް މި މައްސަލައިގެ އިސްތިއުނާފް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ރޮބީނިއޯއަށް 9 އަހަރުގެ ޖަލުހުކުމެއް މި އިއްވީ 2013 ވަނަ އަހަރު އިޓަލީގެ މިލާނަށް އުފަން އުމުރުން 25 އަހަރަގުގެ އަންހެނަކަށް ޕާޓީއެއްގެ ތެރެއިން ރާބޯން ދިނުމަށް ފަހު ރޮބީނިއޯ ހިމެނޭހެން ފަސް ފިރިހެނުން ބައިވެރިގެން ހިންގި ގޭގް ރޭޕެއްގެ މައްސަލާގައެވެ. މި މައްސަލާގައި ހިމެނޭ ކަމަށް ބުނާ ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ކުއް ސާބިތު ނުވާކަމަށް ނިންމާ އެ ތިން މީހުން ވަނީ ދޫކޮށްލާފައެވެ. މި މައްސަލާގައި ރޮބީނިއޯ ފުރަތަމަ އިންކާރު ކުރި ނަމަވެސް ފަހުން އޭނާ ވަނީ މިކަމަށް އެއްބަސްވެސް ވެފައެވެ.

މި ރޭޕްގެ ހާދިސާ ހިނގީ 2013 ވަނަ އަހަރުގައި ނަމަވެސް މި މައްސަލައިގެ ޝަރީޢަތް ފަށާފައިވަނީ 2020 ވަނަ އަހަރު އޮކްޓޫބަރުމަހުގައެވެ. ދިގު ދެމިގެން ދިޔަ މި ގޭންގް ރޭޕް ކޭސްގެ ޝަރީޢައް މިއަދު ނިމުނު އިރު، ހުކުމް ކޮށްފައިވަނީ ރޮބީނިއޯގެ އިތުރުން އޭނާ ރަހުމަތްތެރިޔާ ރިކާޑޯ ފަލްކޯ އަށެވެ.

ރޮބީނިއޯ އަކީ ޔޫރަޕް ފުޓްބޯޅައިގައި މަޝްޙޫރު ކުޅުންތެރިއެކެވެ. ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ކޮށްފައިވާ ރޮބީނިއޯ ވަނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކުޅެފައެވެ. އެގޮތުން އޭނާ ކުޅުނު ބައެއް ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑް އިޓަލީގެ އޭސީމިލާން ހިމެނެއެވެ.

ޓެގު