English Edition
Dhivehi Edition

ފީފާ ބެސްޓް ޔުނިކް އެވޯޑް ލިބުމާއި ގުޅިގެން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ އަސަރަުގަ މެސެޖެއް ޕޯޗުގަލްއާއި މެންޗެސްޓާ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފޮނުވައިފިއެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ރޮނާލްޑޯއަށް ޕެލޭ ފޮނުވާފައިވާ މ،ި އަސަރުން ފުރިގެންވާ މެސެޖުގައި އޭނާ ބުނެފައިވަނީ ލިބުނު ބޮޑު ކާމިޔާބީއަށް ހޫނު މަރްޙަބާއެއް ކިޔާ ކަމަށާއި އަދި ވީގާވެސް އަވަހަށް ރޮނާލްޑޯއާއި ބައްދަލުކޮށް ކޮނޑާއި ކޮނޑު ޖައްސާ ބައްދާލަން ބޭނުންވާ ކަމަށެވެ. އަދި އެދުވަހަށް ވަރަށް ބޮޑަށް އިނރިޒާރު ކުރަމުން ގެނދާ ކަމަށާއި އުންމީދު ކުރަނީ މާ ލަސްތަކެއް ނުވެ ރޮނާލްޑޯގައިގަ ބައްދާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ކަމަށް ޕެލޭގެ މެސެޖުގައި ބުނެފައިވެއެވެ.

” ކްރިސްޓިޢާނޯ! ތި ލިބުނު ބޮޑު ކާމިޔާބަށް މަޜުޙަބާ. އަހަރެން ރޮނާލްޑޯއާ ވަރަށް އަބަހަށް ބައްދަލުކޮށްލަން ބައްދާލަން ވެސް ނޭނުން. އުންމީދު ކުރަނީ މި ދުވަސް ވަރަށް އަބަހަށް އަންނާނެ ކަމަށް.” އިންސްޓަގްރާމް މެދުވެރިކޮށް ޕެލޭ ރޮނާލްޑޯއަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

ޕެލޭ އަކީ ރޮނާލްޑޯއަށް ލިބޭ މިފަދަ ހުރިހާ ކާމިޔާބީއެއްގައިވެސް މަރްޙަބާ ކިޔާފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލުމުންވެސް ޕެލޭ ވަނީ ރޮނާލްޑޯއަށް ހިތްވަރުދީ ވަރަށް ބޮޑަށް ތައުރީފް ކޮށް މެސެޖް ކޮށްފައެވެ.