English Edition
Dhivehi Edition

ހެލްތް ސެކްޓަރ ގައި މަސައްކަތް ކުރާ 18 ޓެކްނީޝަނުން ތަމްރީނު ކުރުމަށް ސޮއިކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލީޓެކްނިކްއާއި ދެމެދުގައެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލް ހެލްތް ސެންޓަރ ތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާ ޓެކްނީޝަނުންނަށް އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް ހިންގުމަށް ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ހޮސްޕިޓަލް / ހެލްތް ސެންޓަރތަކުގައި މަސައްކަތްކުރައްވާ 18 ޓެކްނީޝަނުންނަށް ތިން މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިންގ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް ހެލްތް ސެންޓަރތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި މިފަދަ ތަކެތީގެ މަރާމާތަށްދާ ޚަރަދު ކުޑަވެގެންދާނެއެވެ.