English Edition
Dhivehi Edition

ފުވައްމުލައްސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭން އިމާރާތުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނީ ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ ބެހެއްޓުމަށް ހަދަންޖެހޭ ޢިމާރާތުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.

2,955,230.78ރ (ދެމިލިއަން ނުވަލައްކަ ފަންސާސްފަސްހާސް ދުއިސައްތަ ތިރީސް ރުފިޔާ ހަތްދިހަ އަށްލާރި) އަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 100 ދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިން އެވެ. އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީއެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަންވަރުއެވެ.