English Edition
Dhivehi Edition

ޚާއްސަ އޮފަރތަކަކާއެކު ދިރާގު ހެލޯ ޕްރީޕެއިޑް ބިދޭސީނަަށް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭން ޚާއްސަކޮށްފައިވަނީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ކަމަށެވެ.

މި ޕްލޭނަށް ސޮއިކުރާ ކަސްޓަމަރުންނަށް މުޅި އަހަރު ތެރޭގައި ޚާއްސަ ކަންޓްރީ ބެނެފިޓްސް އާއި ސްޓޭންޑަޑް ޕްރީޕެއިޑް އޮފަރތައް ލިބޭނެއެވެ. އަދި ގައުމު އިޚްތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

މިއަހަރުގެ މާރޗު 31 ގެ ނިޔަލަށް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމުން 25 އިންސައްތަ އިތުރު އެލަވަންސް ވެސް ލިބޭނޭ ކަމަށް ވެސް ދިރާގުން ބުނެއެވެ.

‘ހެލޯ ޕްރީޕެއިޑް’ ސިމް ކިޓް ގަންނަން ލިބެން ހުންނާނީ މާލެ، ހުޅުމާލެ އަދި ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކުންނާއި ދިރާގުގެ ސޭލްސް އެޖެންޓުން މެދުވެރިކޮށް ކަމަށް ވެސް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ހެލޯ ޕްރީޕެއިޑަށް ބަދަލުވާން ބޭނުންވާ އެހެން އެއްވެސް ޕްރީޕެއިޑް ޕްލޭނެއްގައި މިހާރު ތިބި ހުރިހާ ކަސްޓަމަރުންނަށް ކީވޯޑް ‘ޕީކޭޖީ ހެލޯ’ ބޭނުންކޮށްގެން 444 އަށް އެސްއެމްއެސް އެއް ފޮނުވައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ޓެގު