English Edition
Dhivehi Edition
ފޮޓޯ: ފިލްމުފެއާރ

ބޮލީ ވުޑުގެ ބަތަލާ ސަނީ ލިއޯން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުރީ ބ. އަތޮޅު ހޮރުބަދޫގައި ހަދާފައިވާ ރޯޔަލް އައިލެންޑް ރިސޯޓުގައެވެ.

ކަރަންޖީރް ކޯރް ވަހޯރާ ނުވަތަ މަޝްހޫރު ނަމުން ނަމަ ސަނީ ލިއޯން އަކީ ވަރަށް ގިނައިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ބަތަލާއެކެވެ. މީގެކުރިން އޭނާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ ޑޭނިއަލް އާއި ދަރިފުޅު ނިޝާ އާއި ނޯއާ އާއި އާޝާރްއާ އެކު އެވެ.

އެހެންނަމަވެސް ސަނީ ލިއޯން އިއްޔެ މެންދުރު ރާއްޖެ އައީ އޭނާގެ ދަރިން ކަމަށްވާ ނޯއާ އާއި އާޝާރްއާ އެކު އެވެ.

އިންސްޓަގްރާމް ސްޓޯރީއެއްގައި އޭނާ ބުނެފައިވަނީ ފިރިމީހާ ޑޭނިއަލް އާއި ދަރިފުޅު ނިޝާ އާއި ނުލާ ކުރާ މިއީ ފުރަތަމަ ދަތުރު ކަމަށާއި އެ މީހުން މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ.

2012 ވަނަ އަހަރު ސަނީ ލިއޯން ބޮލީވުޑަށް ނިކުތުމުގެ ކުރިން 2011 ވަނަ އަހަރު އޭނާވަނީ ރިއަލިޓީ ޝޯ ބިގް ބޮސް ގައި ވެސް ބައިވެރިވެފަ އެވެ.

ނެށުމާއި އެކްޓު ކުރުމުގައި ވެސް ކުޅަދާނަ ތަރި ސަނީ ލިއޯން ގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައު ޖިސްމު 2، ރާގިނީ އެމްއެމްއެސް 2، އޭކް ޕެހެލީ ލީލާ ފަދަ ފިލްމުތައް ހިމެނެއެވެ.

ރާއްޖޭގެ ގިދުރަތީ ރީތިކަން ދެކިލައި، ދޮންވެލީގެ ގޮނޑުދޮށްތަކުގައި ސާފު ވައި ޖައްސާލުމަށް ބޮލީވުޑުގެ ގިނަ ތަރިން އެކި ދުވަސްވަރު ދަނީ އަންނަމުންނެވެ. އަދި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް އެންމެކަމުދާ މަންޒިލުކަމަށް ވެސް އެތަރިން އަންނަނީ ބުނަމުންނެވެ.

މި ފެށުނު އައު އަހަރާ ދިމާކޮށް ވެސް ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިރު، އޭގެ ތެރޭގައި ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް އަދި އަކްޝޭ ކުމާރު ހިމެނެ އެވެ.

1 ކޮމެންޓް
ދޮނޭ
ޖެނުއަރީ 10, 2022
ރަގަލަށް ތިހެދީ. ރާއްޖެ އަންނަ އިރ ފިރިހެނުން ގެންނާނެ ކަމެއްނެތް.