English Edition
Dhivehi Edition

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި ޢަބްދުﷲ ޝާހިދު ރާއްޖެވަޑައިގެންފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަޤާމު ވެސް މިހާރުފުރުއްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވާންގް ޔީ މިއަދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ދެޤައުމުގެ ދެމެދު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ ޑިސެމްބަރު މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ މިއަދު ރާއްޖެ ވަޑައިގަތީ އައު ވީއައިޕީ ޓަރމިނަލުންނެވެ. އައު ވީއައިޕީ ޓަރމިނަލް ބޭނުންކުރައްވާ ބޭރުގެ ފުރަތަމަ ޑިޕްލޮމެޓަކަށް ވެސް ވެވަޑައިގަންނަވާނީ ޗައިނާގެ ފޮރިން މިނިސްޓަރެވެ. އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ) އިންނެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މިއަދު ބޭނުންކުރަން ފެށި އައު ވީއައިޕީ ޓަރމިނަލަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ 4 ބުރީގެ ޢިމާރާތެކެވެ.