English Edition
Dhivehi Edition

އޭ.ޑީ.ބީ ޔޫތް ފޯ އޭޝިއާ ޕްރޮޖެކްޓުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއްކަމުގައިވާ “ކެޓަލައިޒިންގް ޔޫތް ލެޑް ކްލައިމެޓް އެކްޝަން އިން އެޓޯލް ނޭޝަންސް” ގައި ބައިވެރިވެ “އެޓޯލް ޔޫތް ކްލައިމެޓް ލީޑާރސް” އަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްގެ ފަރާތުން ކުރިއަށް ގެންދާ “އޭޑީބީ ޔޫތު ފޯ އޭޝިއާ” ގެ ދަށުން ޒުވާން ލީޑަރުން ތަމްރީނު ކުރަން ނިންމާފައި ވަނީ ރާއްޖެއާއެކު އިތުރު މާޝަލް އައިލެންޑްސް އާއި ކިރިބަތީ އަދި ތުވާލޫއިން އެވެ.

މި ޕްރޮޖެކްޓަށް ހޮވޭ ޒުވާނުންގެ ކުރިއެރުމުގެ ތަމްރީނުތައް ބިނާވެފައިވަނީ،

  1. މޫސުމަށް އަންނަ ބަދަލުތައް ހޯދާ، ދިރާސާކޮށް އިތުރަށް ކުރިމަގު ހޯދޭނެ ގޮތްތައް
  2. މޫސުމީ ބަދަލުތަކުގެ ނުރައްކާތައް ދެނެގަތުމަށްޓަކައި ޑޭޓާ ނުވަތަ މައުލޫމާތު ހޯދާނެގޮތްތައް
  3. މުޖުތަމަޢު އަދި ޒުވާނުން ބާރުވެރިކުރެވޭނެ ގޮތްތައް
  4. ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައް

މިއިން ކޮންމެ ގައުމަކުން 15 “އެޓޯލް ޔޫތު ކްލައިމެޓް ލީޑަރުން” ހޮވުމަށް ނިންމާފައިވާއިރު މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި މަގާމުތަކަށް އޭޑީބީ ޔޫތު އޭޝިއާގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ހާއްސަކޮށް އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކުރިމަތިލުމަށް ވަނީ އެދިފައެވެ.