English Edition
Dhivehi Edition

ޖެހިޖެހިގެން ދެވަނަ އަހަރު ރާއްޖެއިން “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އެވޯޑު ކާމިޔާބުކޮށްފި އެވެ.

ރާއްޖެއިން މި ޝަރަފްވެރި އެވޯޑު ހާސިލްކޮށްފައިވަނީ ޑިސެންބަރު 16 ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021 ގެ ހަފްލާގަ އެވެ.

2021 ވަނަ އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް 24 މާކެޓެއްގައި 209 ހަރަކާތް ހިންގާފަ އެވެ. މީގެތެރޭގައި 109 މާކެޓިން ކެމްޕެއިން އާއި، 60 ފެއާއާއި ވާޗުއަލް ހަރަކާތުގެ އިތުރުން 10 ރޯޑް ޝޯ އަދި 30 ފެމިލަރައިޒޭޝަން ދަތުރު ހިމެނެ އެވެ. އިންޓަރވިއުއާއި އެހެނިހެން ހަރަކާތްތައް ލައިގެން މުޅި އަހަރު ތެރޭ ވިޒިޓް މޯލްޑިވްސްއިން ވަނީ 400 ހަރަކާތް ހިންގާފަ އެވެ.

ދިވެހިރާއްޖެއިން ވަނީ މިއަހަރުގެ ވަރލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް 4 އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ޓުއަރިސްޓް ބޯޑުގެ އެވޯޑެވެ. އިންޑިއަން އޯޝަންގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެއަށް ކާމިޔާބުވި މިއީ 14 ވަނަ ފަހަރެވެ. މި އެވޯޑް ދެމުން އަންނަތާ މިއީ 18 ވަނަ އަހަރެވެ.