English Edition
Dhivehi Edition

އިންޓަރނޭޝަނަލް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް ގެ 28 ވަނަ ވާރލްޑް ކޮންފަރެންސް ގައި މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް) ގެ 12 މެމްބަރުމް ބައިވެރި ވަޑައިންނަވާނެ ކަމަށް އެމް.އެސް.ޖީ.އެފުން ބުނެފިއެވެ.

މި އަހަރުގެ އޮކްޓޯބަރ މަހުގެ 9 އިން 13 އަށް އިންޑޮނޭޝިއާގެ “ބާލީ” ގައި އޮންނަ މި ކޮންފަރެންސްގައި އައި.އެސް.ޖީ.އެފް. ގެ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޗެއަރޕާރސަން މަރިއަމް ވަހީދާ ހިމެނިވަޑައިގަންނަވައެވެ. އަދި މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަވާނީ އެމް.އެސް.ޖީ.އެފް. ގެ ސެކްރެޓަރީ ޖެނަރަލް ޑރ. މަރިޔަމް ޝަކީލާ އެވެ.

އިންޓަރނޭޝަނަލް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކެއް ބައިވެރިވާ އިންޓަރނޭޝަނަލް ޖަމިއްޔާ އެކެވެ. ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އާއި އަދި ގާރލް ގައިޑް ޖަމިއްޔާ އާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ޖަމިއްޔާއެކެވެ.

އިންޓަރނޭޝަނަލް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އައި.އެސް.ޖީ.އެފް) ގެ މިއަހަރުގެ ކޮންފަރެންސް ގައި ކުރިޔަށް އޮތް 3 އަހަރަށް ކުރުމަށް ހަމަޖެހިފައިވާ ކަން ކަން ފާސްކުރުމާއި އަދި ކުރިޔަށް އޮތް ދައުރަށް މެމްބަރުން އިންތިޚާބު ކުރުންވެސް އޮންނާނެއެވެ. ކުރިއަށް އޮތް ދައުރަށް ރާއްޖޭގެ ފަރާތުން ކުރިމަތި ލައްވަވާފައި ވަނީ އެމް.އެސް.ޖީ.އެފް ގެ ސެކްރެޓަރީ ޖެނަރަލް ޑރ. މަރިޔަމް ޝަކީލާ އެވެ.

މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް) އަކީ 2002 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބީ.ޕީ. ގިލްޑް ގެ ނަމުގައި ރެޖިިސްޓްރީ ކޮށްގެން ކުރިޔަށް ގެންދާ ޖަމިިއްޔާއެކެވެ. އަދި މި ޖަމިއްޔާގެ ނަން 2011 ވަނަ އަހަރު ވަނީ މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް) ނަމަށް ބަދަލު ކުރެވިފައެވެ. މި ޖަމިއްޔާ އަކީ ސްކައުޓް ގެ ހަރަކާތް ތަކަށާއި ގާރލް ގައިޑް ގެ ހަރަކާތްތަކަށް ލޯބިކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް އަދި ސްކައުޓް އާއި ގައިޑް ގެ ހަރަކާތް ހިންގާ ސްކޫލް ތަކަށް ތަފާތުއެހީތެރިކަން ފޯރު ކޮށްދެމުން ގެންދާ ޖަމިއްޔާއެކެވެ. އަދި މީގެ އިތުރުން އިޖުތިމާއީ ތަފާތު ޙިދްމަތް ތަކުގައިވެސް މަސައްކަތްތަކެއް ކުރަމުން ގެންދާ ޖަމިއްޔާއެކެވެ.

 

 

 

 

 

 

1 ކޮމެންޓް
ސުކައުޓު ލީޑަރ
އޮކްޓޯބަރު 7, 2017
ވަރަށް ރަނގަޅު މަގުސަދަކަށް އުފައްދާފައިވާ ޖަމުއިއްޔާއެއް އަދި ފުދޭވަރަކަށް ދުވަސްވީ ޖަމުއިއްޔާއެއްވެސްމެ. ނަމަވެސް މިހާރަކަށް އައިސް ތިފެންނަނީ މެންބަރުން މުނިފޫހި ފިލުވާ ޖަމުއިއްޔާއެއްގެ ގޮތުގައި. މަގުސަދުގައިވާ ސުކައުޓު އަދި ގައިޑު ހަރަކާަތައް ކޮށްދެވޭ ކަމެއްނެތް. ތިޔަބައިވެރިވާ އިވެންޓު ތަކުގައި ސުކައުޓު އަދި ގައިޑު ކުއްޖަކު ބައިވެރި ކޮއްލިނަމަ ކިހާރަނގަޅުވީސް .. ކުރިމަގުގައި މަގުސަދުގެ މިބަޔަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން.