English Edition
Dhivehi Edition
ހުޅުމާލެ ދެވަނަ ފިޔަވަހި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓްރީކޮށްދީފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި މައްސަލަ ޝަރީއަތަށް ފޮނުވަން ސިވިލް ކޯޓުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފައިވާ މައްސަލަ ސިވިވިލް ކޯޓަށް ހުށަހެޅީ އެޗްޑީސީންނެވެ. އެޗްޑީސީން ސިވިލް ކޯޓުގައި އެދިފައި ވަނީ މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެ ނިންމުން ބާތިިލްކޮށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް އެންގުމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ފުރަތަމަ އޮންނާނީ ދައުވާ ކުރާ ފަރާތުންނާއި ދައުވާ ލިބޭ ފަރާތާއި ދެމެދުގައި ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ. މި މައްސަލައިގައި ދެ ފަރާތުން ވާހަކަދައްކައިގެން ގޮތެއް ނިންމިފައި ނުވުމުގެ ސަބަބުން ސިވިލް ކޯޓުން ވަނީ މި މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމާފައެވެ،

އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލުކުރުމަށް ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ،ހުޅުމާލެ އަކި ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ތަނެއް ކަމަށެވެ.ހުޅުމާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެންނަން ފާސްކޮށްފައި ވަނީ ޖަލްސަގައި ބައިވެރިވި އެމްޑީޕީގެ ދެ ކައުންސިލަރުންވެސް ހިމަނޭ ގޮތަށް ޖުމްލަ 12 ކައުންސިލަރުންގެ ވޯޓުންނެވެ.