English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

މިއަހަރުވެސް އެންމެ ގިނައަދަދަކަށް ކުޅުބިލަމަސް ކިރުވައިގެން މަސްވެރިންގެ ދުވަހުގައި ސަރުކާރުން ދެއްވާ ޚާއްސަ އިނާމް ގދ. މަޑަވެލީ “ކަމަނަ” ދޯނި ހޯދައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގާފަރުގައި ބޭއްވި ޖަލްސާގައި 2020 ވަނަ އަހަރު އެންމެ ގިނައިން ކަޅުބިލަ މަސް ކިރުވި ކަމަނަ ދޯނީގެ ފަރާތުން ހަދާނީ ފިލައާއި ހަވާލުވީ އެދޯނީގެ އޮޑިވެރިޔާ ޞާދިޤު ޙަސަން އެވެ. ކެޔޮޅު ޞާދިގު އަކީ މަސްވެރިކަމުގައި 40 އަށްވުރެ ގިނަ އަހަރުވެފައިވާ ތަޖުރިބާކާރު މޮޅު ކެޔޮޅެކެވެ. ކަމަނަ ދޯނިން މިދިޔަ އަހަރު އެއްވަނަ ހޯދީ 600 ޓަނަށްވުރެ ގިނައިން މަސް ކިރުވައިގެންނެވެ.

އަދި ދެވަނައަށް އެންމެ ގިނަ މަސްބާނައިގެން އިނާމު ހާސިލްކުރީ ހަމަ އެރަށު “ޓީ.އެސް ލައިން” ދޯންޏެވެ. މަޑަވެލީ “ޓީ.އެސް ލައިން” ދޯނީގެ ފަރާތުން އެވޯޑާއި ހަވާލުވެލެއްވީ އެދޯނީގެ އޮޑިވެރިޔާ އަލްފާޟިލް އަމްޖަދު ޙަސަންއެވެ. ޒުވާން ކެޔޮޅު ފަރުހާން ޒާހިރުގެ ކެޔޮޅުކަމުގައި ދުއްވާ މި ދޯންޏަކީ މިދިޔަ ހަފްތާގައި، 4 ދުވަހުން 100 ޓަނުގެ މަސްބާނައިގެން ރާއްޖޭގެ ރެކޯޑް ހަދާފައިވާ ދޯންޏެކެވެ. ޓީ.އެސް.ލައިން ދޯނިން މި ހިނގާ 2021 ވަނައަހަރު މިހާތަނަށް އެއްހާސް ޓަނުގެ މަސް ބާނާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ތިންވަނައަށް އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގއ. ނިލަންދޫ “ހަނދުވަރީ” ނަމަކަށް ކިޔާ މަސްދޯންޏެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.