English Edition
Dhivehi Edition

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް ގދ. ވާދޫ ރާޅު ޓީމާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ، “ރަންނަމާރި ޗެލެންޖް 1443“ ގެ ނަމުގައި މިހާރު ކުރިއަށްގެންދާ ގައުމީ ސާފިން ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ވާދޫ ރާޅު ޓީމް މިހާރު މާލެއަށް ކުރަމުން އަންނަ ދަތުރުގައި ބޭއްވި ބައްދަލުވުމެކެވެ.

މިނިސްޓަރ މަޙްލޫފް ވަނީ، ގައްދޫ ސާފް ޝެކްގެ މަސައްކަތް ކުރިއަށްދާކަމަށް ފާހަގަކުރައްވައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ތަމްރީންތަކަށް ބޭނުންވާ ވަސީލަތްތަކާއި، ތަމްރީންތައް ވާދޫގައި ކުރިއަށްގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ވާދޫ “ބްލޫ ބޯވްލްސްސާފް ޓީމް” ޤައުމީ މުބާރާތުގައި ވާދަކުރުމަށް މާލެއަށް މިހާރު ކުރަމުން އަންނަ ދަތުރުގައި ބައްދަލުކުރެއްވުނީތީ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 22 އިން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ “ރަންނަމާރި ޗެލެންޖް 1443“ މުބާރާތަކީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 25 ރަށަކުން 102 އެތުލީޓުން ބައިވެރިވާނެއެވެ.