English Edition
Dhivehi Edition

ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގައި 04 ކްލާސްރޫމްގެ އިމާރާތަކާއި މަލްޓިޕަރޕަސް ހޯލެއް ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ނޯރތް ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑާއެކު ސޮއި ކޮށްފައި ވަނީ 15 ނޮވެންބަރުގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަހްމަދު ރިޔާޒެވެ. އަދި ނޯރތް ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިޔާންއެވެ.

ދިވެހި ސަރުވާރުގެ ޑޮމެސްޓިކް ބަޖެޓުން 13.3 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 290 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެންކަމުން މި މަޝްރޫއުގެ އަމަލީމަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ ތާރީހަކީ 01 ސެޕްޓެންބަރު 2022 އެވެ.