English Edition
Dhivehi Edition

ބޮޑެތި އަނިޔާތަކެއް ބޮލަށް ލިބި، މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ހުޅުމާލޭ ހޮސްޕިޓަލަށް ދާދި ދެންމެއަކު ގެންގޮސްފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުކުންފުނީގެ މީޑީއާ އޮފިސަރު އާޝިޔާ ޞާލިޙް ވިދާޅުވީ، ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ބިދޭސީ ފިރިހެނަކު ދެންމެ ފުލުހުން ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފައެވެ.

ފުލުހުން ބުނި ގޮތުގައި ދަމާސް ސައިޓްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 8:30 ހާއިރެވެ. މަރުވެފައި އޮއްވާ ފެނުނީ ބަނގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ޓެގު