English Edition
Dhivehi Edition
މާލެ އިން ފެލިދޫ އަށް ދަތުރުކުރި ޑްރީމް ސްޕީޑް2: ފޮޓޯ: ސަން

މާލެއިން ފުރައިގެން ވ. އަތޮޅަށް ދިޔަ ލޯންޗުން ގެއްލުނު ކުއްޖާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

މާލެ އިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރި ޑްރީމް ސްޕީޑް2 ނަމަކަށް ކިޔާ ލޯންޗު, އޮޅުވެލި ރިސޯޓް ކައިރިން ދިޔަވެ ހުއްޓުނު ހާދިސާގައި ކަނޑަށް ވެއްޓި ގެއްލިފައިވަނީ އުމުރު ހަތަރު އަހަރުގެ ކުއްޖެކެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި ލޯންޗުން ކަނޑަށް ވެއްޓުނީ ތިން މީހުން ކަމަށާއި އޭގ ތެރެއިން ދެ މީހަކު ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފެނުނު ދެ މީހުންގެ ތެރެއިން ގެއްލުނު ކުއްޖާގެ މަންމަ ވަނީ ނިޔާވެފައެވެ. އިތުރަށް އެމްއެންޑީއެފުން ވިދާޅުވީ ގެއްލުނު ކުއްޖާ އަދިވެސް ނުފެންނަ ކަމަށާއި އާއިލާ އާއި ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޯސްޓް ގާޑުން ކުރަމުންދާ ކަމަށެވެ. އަދި ކުއްޖާ ލައިގެން ހުރީ ކަޅު ޓީޝާޓެއްކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ،

އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ބޭރުގައި ހިނގި މި ހާދިސާގައި ގެއްލުނު ކުއްޖާއާއި ބެހޭ އެއްވެސް ހަބަރެއް އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދު ފަހަރުންނާއި މިހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ، އަދި ކުއްޖާއާއި ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި ނުވަތަ 3391665 އަށް ފެކްސް ކޮށް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.