English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ އަބުހަރީ މެޑިކަލް ސެންޓަރ ގައި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތް އަލުން ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ސެންޓަރުން މި ޚިދުމަތް ފަށާފައިވާ އިރު ބަލިމީހުންނަށް ފަރުވާ ދެއްވަވާނީ އައްޑޫސިޓީގެ ބޭފުޅެއް ކަމުގައިވާ ޑރ މުނާހަތު އަލީ މޫސާ އެވެ.
މީގެ ކުރިން ވެސް އަބުހަރީ މެޑިކަލް ސެންޓަރުން ލޮލުގެ ބަލިތަކަށް ފަރުވާ ދެމުން ގެންދިޔަ ނަމަވެސް ދިގު މުއްދަތަކަށް އެޚިދުމަތް ދިނުން ވަނީ މެދު ކަނޑާލާފައެވެ. އެ ސެންޓަރުން ބުނީ މިހާރު އަލުން ލޮލުގެ ފަރުވާގެ ޚިދުމަތް ފަށާފައިވާ ކަމަށާއި މި ޚިދުމަތް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން 6887920 މި ނަމްބަރަށް ގުޅުމުން އެޕޮއިންޓްމަންޓް ހަމަޖައްސައި ދެވޭނެ ކަމަށެވެ.
އަބުހަރީ މެޑިކަލް ސެންޓަރ އަކީ އައްޑޫގައި މެދުނުކެނޑި ޚިދުމަތް ދެމުން ގެންދާތާ 20 އަހަރަަށް ވުރެ ގިނަ ދުވަސްވެފައިވާ ދަތުގެ ފަރުވާ އަށް މަޝްހޫރު ކުލިނިކެކެވެ. އެ ސެންޓަރުގައި މިހާރުވެސް 2 ޑެންޓިސްޓުން ފަރުވާދެއްވަވަމުން ގެންދަވާއިރު ދަތުގެ ފަރުވާގެ ޚިދުމަތް ހޯދުމަށް އައްޑޫގެ ގިނަ ބަޔަކު ބޭނުންވާ ތަނަކީ ވެސް އަބުހަރީ މެޑިކަލްސް އެވެ.